ކާފިއުގެ ވަގުތުގައި މަގުމަތީގައި އުޅުނު 95 މީހަކަށް ނަސޭހަތް ދީފި

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި މިއަދު ހަވީރު ކާފިއު އިއުލާންކޮށްފައި އޮތް ވަގުތުގެ ތެރޭގައި މަގުތަކަށް ނިކުތް 95 މީހަކަށް ފުލުހުން ނަސޭހަތް ދީފިއެވެ.

ފުލުހުން ބުނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިއްޔެ ނެރުއްވި އެންމެގުމުގައި ވާ ގޮތުގެ މަތިން ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން ރޭގަނޑު 20:00 އާ ހަމައަށް މާލޭ ސަރަހައްދުގެ މަގުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން ހުއްޓާލަން އަންގާފައިވާ އެންގުމާ ހިލާފުވި، އެ ވަގުތުގެ ތެރޭގައި މާލޭގެ މަގުމަތީގައި އުޅުނު ޖުމްލަ 95 މީހުންނަށް ފުލުހުން ނަސޭހަތްތެރިވެފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 82 ދިވެހިންނާއި 13 ބިދޭސީންނެވެ.

މަގުމައްޗަށް ނިކުމެ އުޅުން މަނާ ގަޑިތަކުގައި ނިކުމެ އުޅޭ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތްދިނުމަށްފަހު ދެން ވެސް އެކަން ތަކުރާރުކޮށްފިނަމަ 1،000 ރުފިޔާ އިން ޖޫރިމަނާކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!