ރީޖަނަލް 3 އެއަރޕޯޓެއް ރޭގަނޑަށް ބަންދުކޮށްފި

ކޯވިޑް-19 އާއިގުޅިގެން ފްލައިޓްތައް މަދުވެފައިވާތީ 3 އެއަރޕޯޓެއް ރޭގަނޑަށް ބަންދުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި ރީޖަނަލް އެއާޕޯޓްސްގެ ފަރާތުން ހިންގާ އެއާޕޯޓްތަކުގެ ތެރެއިން 24 ގަޑިއިރު ހިދުމަތް ދެމުންގެންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކާނޑެއްދޫ އެއާޕޯޓު އަދި ފުވައްމުލަކު އެއާޕޯޓުން ހިދުމަތް ދެމުން އަންނަ ގަޑިތަކަށް ބަދަލު ގެނެސްފައާކަމަށެވެ.

މިނިސްޓްރީން ބުނީ މި ތިން އެއާޕޯޓުން ވެސް ދެން ހިދުމަތް ދެމުންދާނީ ހެނދުނު 6:00 އިން ހަވީރު 18:00 އަށް ކަމަށެވެ. 

މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި އެގޮތަށް ނިންމި ނަމަވެސް މެޑިކަލް އިވަކުއޭޝަން ފަދަ ހާއްސަ ހާލަތެއްގައި މެދުވެރިވެއްޖެނަމަ ރޭގަނޑުވެސް ފްލައިޓް ބާއްވާނެ އެވެ. 

އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ 3 ގަޑިއިރު ކުރިން އެ މަޢުލޫމާތު އެއާލައިން އޮޕަރޭޓަރުގެ ފަރާތުން އެއާޕޯޓަށް އެންގެމުން ފްލައިޓް ހަރަކާތުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!