އދ. ވިލަމެންދޫ ރިސޯޓުގެ އޮފީހުގައި ހުރި ތިޖޫރީއެއް ވަގަށް ނަގައި، ތިޖޫރީ ހަލާކުކޮށްލައިގެން ވައްކަން ކޮށްފި އެވެ.
ފުލުހުން ބުނީ ވިލަމެންދޫ ރިސޯޓުގެ އޮފީހުގައި ހުރި ތިޖޫރިއެއް ވަގަށް ނަގައި، ހަލާކުކޮށްލައިގެން ވައްކަންކޮށްފައިވާ މައްސަލައެއް މިއަދު ހެނދުނު 8:59 ހާއިރު ހުށަހެޅިފައިވާ ކަމަށެވެ.
ހަލާކުކޮށްލައިގެން ވައްކަން ކުރުމަށްފަހު އެއްލާލާފައިވަނިކޮށް ތިޖޫރި ފެނިފައިވަނީ އެ އޮފީހުގެ ގުދަން ތެރެއިން ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި 80 ޑޮލަރާއި، 230 ރުފިޔާގެ އިތުރުން 57 ޕާސްޕޯޓު ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.