ކައުންސިލް އިންތިޚާބު ފަސްކުރުމުގެ ބިލް މަޖިލީހަށް ހުށައަޅައިފި

ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅޭ ބިލު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިމަހުގެ 4 ވަނަ ދުވަހު ބާއްވަން ކުރިން އިޢުލާންކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކޮށްފައިވަނީ ރާއްޖެއިން ކޯވިޑު-19 ޖެހިފައިވާ މީހަކު ފެނުމާ ގުޅިގެން އެ ބަލިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުންނެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބު ފަސް ކުރުމުގެ ބިލު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި ބިލުގެ މަސައްކަތް އަންނަ މަހުގެ ހޯމަ ދުވަހު ފަށާނެ ކަމަށެވެ.

ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހަށް ފަސްކުރުމަށް، “ކައުންސިލް އިންތިޚާބުގެ ޚާއްޞަ ގާނޫނު”ގެ ނަމުގައި ޤާނޫނެއް އެކުލަވާލުމަށް މަޖިލީހަށް ހުށައެޅި މި ބިލް މަޖިލީހަށް ހުށައަޅާފައިވާކަން މަޖިލީހުގެ ރައީސް އިއްޔެގެ ޖަލްސާގައި ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!