އަންނަ ހަފްތާގައި 3 ދުވަހު ބޭންކުގެ ޚިދުމަތް ލިބޭނެ

އަންނަ ހަފުތާގައިވެސް ތިން ދުވަހު ބޭންކްތަކުގެ ޙިދުމަތް ދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަމަޖައްސައިފިއެވެ.

އެމްއެމްއޭއިން ވިދާޅުވީ އަންނަ ހަފްތާގެ ހޯމަ ދުވަހާއި އަންގާރަ ދުވަހުގެ އިތުރުން ބުރާސްފަތި ދުވަހުވެސް ބޭންކް ހުޅުވާފައި ހުންނާނެކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ހެނދުނު 09:30 އިން ފެށިގެން މެންދުރު 12:30 އަށް ބޭންކުތަކުން ޚިދުމަތް ދެމުން އަންނާނެކަމަށެވެ.

މީގެއިތުރުން ވަކި ލާރި ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތްވެސް އެދުވަސްތަކުގައި ދެމުން އަންނާނެކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!