ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮވިޑް19 އަށް ކުރި ޓެސްޓް ނެގެޓިވް ވެއްޖެ އެވެ.
ހަލުވިކަމާއެކު އިނގިރޭސިވިލާތުގައި ކޮރޯނާ ވައިރަސް ފެތުރެމުން އަންނައިރު މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް އެގައުމުން ރާއްޖެ އެނބުރި އައި އެންމެން އަދި އެމީހުންނާއި ކޮންޓެކްޓްވި މީހުން ވެސް މި ބައްޔަށް ޓެސްޓްކުރަން ވަނީ ނިންމާފަ އެވެ. އެގޮތުން ރައީސް ނަޝީދު މިދިޔަ މަރޗް މަހުގެ 11 އިން 14 އަށް އިނގިރޭސިވިލާތަށް ދަތުރުފުޅެއް ކުރައްވާފައިވުމާއި ގުޅިގެން އެމަނިކުފާނު ކޮވިޑް-19 އަށް ޓެސްޓް ކުރައްވާފައިވަނީ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
އިނގިރޭސިވިލާތުން ދާދި ފަހުން އައި ހަތަރު ދިވެއްސަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ.