ފޮޓޯ: ސަން

މިއަހަރުގެ ބަޖެޓުގެ ދަރަނި 12 ބިލިޔަން ރުފިޔާއަށް އަރާނެ: އަމީރު

މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ދަރަނި 12 ބިލިޔަން ރުފިޔާ އަށް އަރާނެ ކަމަށް މިހާރު ލަފާކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ ކުރިން ހީކުރި ގޮތާއި ޚިލާފަށް އިޤްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރާނެކަމަށް މިހާރު ލަފާކުރެވޭކަމަށެވެ. މިހާލަތަކީ އެއްވެސް ވަރަކަށް އަންދާޒާކުރެވުނުވެސް ހާލަތަކަށްނުވާތީ މިކަމުން އަރައިގަތުމަށް ސަރުކާރުން ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް އަމީރު ވިދާޅުވިއެވެ.

އެގޮތުން ބަޖެޓް ތައްޔާރުކުރިއިރު، އާމްދަނީގެ ގޮތުގައި 30 ބިލިއަން ލިބޭނެކަމަށް ލަފާކޮށްފައިވާނެ ކަމަށާއި ނަމަވެސް މިހާރު ލަފާކުރެވޭގޮތުގައި އެ އަދަދުން 12 ބިލިއަން ޑެފިސިޓެއް އަންނާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

އަދި ޤައުމީ އުފެއްދުންތެރިކަން މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު 5.7 ޕަސެންޓު ދައްވާނެ ކަމަށާއި އަދި ޓޫރިސްޓް އެރައިވަލް 30 ނުވަތަ 50 އިންސައްތަ ދަށަށްދާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިހާލަތުގައި ސަރުކާރުން ވަނީ ދައުލަތުން ކުރަމުންދާ ޚަރަދުތަކުގެ ތެރެއިން 1 ބިލިޔަން ރުފިޔާ އުނިކުރައްވައި ޚަރަދުކުދަކުރުމަށް ރާއްވަވާފައެވެ. މިކަމުގެ އެންމެބޮޑު ބޭނުމަކީ އިޤްތިޞާދީ ގޮތުން ކުރިމަތިވާ ދަތިތަކުން އަރައިގަނެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުނަނުދީ ހިންގެވުމެވެ.

އެގޮތުން މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕީއެސްއައިޕީގެ އެއްވެސް މަޝްރޫޢެއް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!