Health minister Yaakov Litzman speaks during a press conference at the Prime Ministers office in Jerusalem on March 12, 2020. Photo by Olivier Fitoussi/Flash90 *** Local Caption *** יעקב ליצמן שר הבריאות קורונה וירוס

ކޮވިޑް-19: އިޒްރޭލުގެ ހެލްތު މިނިސްޓަރ ޕޮޒިޓިވްވެއްޖެ

އިޒްރޭލުގެ ހެލްތު މިނިސްޓަރ ޔާކޯ ލިޒްމަން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އަރިސް ބޭފުޅެއް ކަމުގައިވާ މިނިސްޓަރ ޔާކޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭނާގެ އަނބިކަނބަލުން ވެސް ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އިޒްރޭލުގެ ހެލްތު މިނިސްޓަރ ޕޮޒިޓިވްވެފައިވާއިރު، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އެޑްވައިސަރ ރިވްކާ ޕަލޫކްވެސް ވައިރަސްއަށް ޕޮޒިޓިވްވެފައެއެވެ. އެއާއެކު ބޮޑުވަޒީރު ނަތަންޔާހޫގެ ޓެސްޓުތައްވެސް ހަދާފައިވާއިރު، އޭނާގެ ޓެސްޓުތައް ވަނީ ނެގެޓިވްވެފައެވެ.

ނަތަންޔަހޫގެ އިތުރުން، އެޑްވައިސަރާއެކު ބައްދަލުކުރި މުވައްޒަފުން ވެސް މިހާރު ދަނީ ސެލްފް އައިސޮލޭޓް ކުރަމުންނެވެ. އެގޮތުން އެ ހުރިހާ ފަރާތްތަކެއްވެސް، 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކުރަން ޖެހޭނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!