ކުލި ދެއްކޭ ފަދަ ނެތް މީހުން މަގުމަތިވުމުގެ ކުރިން ރަށަށް ބަދަލުވޭ: އީސަ

މާލޭގައި ކުއްޔަށް އުޅޭ ފަރާތްތަކުން، ދެއްކޭނެ ފަދައެއް ނެތްނަމަ މާލޭގައި މަގުމަތިވުމުގެ ކުރިން އަމިއްލަ ފަސްގަނޑަށް ހިޖުރުކުރުމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.

އީސާ މިހެން ވިދާޅުވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

“ހާލުގައި ޖެހި މަގުމަތިވެ އާއިލާ ނުބެލޭ ހިސާބަށް ދިއުމުގެ ކުރިން ފަރުދީ ޒިންމާ ނަންގަވައި. އަމިއްލައަށް ހިސާބެއް ޖައްސަވައި. މާލޭގައި ކުއްޔަށް އުޅެވޭނެކަމުގެ ޔަގީންކަން ނެތްނަމަ ކުއްޔަށް އުޅުއްވާތަން ދޫކުރައްވައި އަމިއްލަ ފަސްގަނޑަށް، ރަށަށް ވަޑައިގަންނަވާށޭ،” މެމްބަރު އީސަ ވިދާޅުވި އެވެ.

 ދިރިއުޅުމުގައި ލިބޭ އާމްދަނީއާ ކުރަންޖެހޭ ހަރަދާއި ނުބައްދަލު، ކަންކަން ދޫކޮށްލަން ޖެހޭ ކަމަށް އީސަ ވިދާޅުވިއެވެ. އަދި ބައެއް މީހުން އުޅޭ ތަންތާގެ ކުލި ކުޑަކޮށް ދިންނަމަވެސް، ކުލި ދެއްކުމުގައި ދަތިތަކެއް ހުރިކަން އީސަ ފާހަގަ ކުރެއްވިއެވެ.

“ހާލުގައި ޖެހި މަގުމަތިވެ އާއިލާ ނުބެލޭ ހިސާބަށް ދިއުމުގެ ކުރިން ފަރުދީ ޒިންމާ ނަންގަވައި. އަމިއްލައަށް ހިސާބެއް ޖައްސަވައި. މާލޭގައި ކުއްޔަށް އުޅެވޭނެކަމުގެ ޔަގީންކަން ނެތްނަމަ ކުއްޔަށް އުޅުއްވާތަން ދޫކުރައްވައި އަމިއްލަ ފަސްގަނޑަށް، ރަށަށް ވަޑައިގަންނަވާށޭ،” މެމްބަރު އީސަ ވިދާޅުވި އެވެ.

މި ދަތި ވަގުތުގައި މަގުމަތި ވުމުގެ ކުރިން އަމިއްލަ ފަސްގަޑަށް ދިއުމަށް އީސަ ވިދާޅުވިއެވެ. ބަނޑަށް ޖެހުމުގެ ކުރިން ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ކުލި ދެއްކޭނެ ގޮތެއް ނެތް ނަަމަ ވީހާވެސް އަވަހަށް އަނބިދަރިން ގޮވައިގެން ބަދަލު ވުމަށް އީސަ ގޮވާލިއެވެ.

“އަޅުގަނޑުމެން ތިބެގެން ނުވާނެ މަގުމަތިވަންދެން. ބަނޑަށް ޖެހެންދެން. އަޅުގަނޑުމެން ފަރުދީ ޒިންމާއެއް ގޮތުގައި ދެކެންޖެހޭ. ތިމާމީހާއަށް ލިބޭ އާމްދަނީއާއި ތިމާ ކުރަންޖެހޭ ހަރަދާއި ނުބައްދަލު ދިރުއުޅުމުގައި ހުރި ކަންކަން ދޫކޮށްލަންވީ،” އީސަ ވިދާޅުވި އެވެ. “އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުލި ނުދެއްކިގެން އެތަނުން ނެރެންދެން އަޅުގަނޑުމެން މިއަދު ތިބެގެން ނުވާނެ. އަޅުގަނޑުމެނަށް ކުލި ދެއްކޭނެ ގޮތެއް ނެތްކަމަށް ފަރުދީ ގޮތުން ޖަހާ ހިސާބު ދައްކާ ކަމުގައިވަނީނަމަ އަޅުގަނޑުމެން މިއަދު އެބަޖެހޭ އަނބިދަރިންނާއެކު ކިތަންމެ ނުރުހުނު ނަމަވެސް އަމިއްލަ ފަސްގަނޑަށް ބަދަލުވެ ކައިގެން ބޮއިގެން އުޅެން،”

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދުވެސް ވަނީ އަރިއަޅާލާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!