65 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެންފި

މިފަހުގެ ތާރީޚުގައި ސްރީލަންކާގެ ތާރީޚު ދުށް އެންމެ ވަރުގަދަ ޑްރަގް ބަސްޓްގައި، ގާތްގަޑަނޑަކަށް 65 މިލިއަން ޑޮލަރުގެ މަސްތުވާތަކެތީގެ ޝިޕްމަންޓެއް އަތުލައިގެންފިއެވެ.

ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަންގައި އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމީން (މެތް) އަދި ކެޓަމައިން ޝިޕްމަންޓެއް ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

މި ޝިޕްމަންޓް އަތުލައިގެންފައިވަނީ ކަމާބެހޭ ފަރާތްތަކަށް ލިބުނު ޖާސޫސީ މައުލޫމާތަކާ ގުޅިގެން، ސްރީލަންކާ ދެކުނު ކަނޑުގެ ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި ރެއިޑްކޮށްފައިވަނީ އެއްވެސް ދިދައެއް ނުނަގާ ދަތުރުކުރަމުންދިޔަ ބޯޓެއް ކަމަށް މައުލޫމާތު ލިބެއެވެ.

މި ރެއިޑްގައި، މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ކުށުގެ ތުހުމަތުގައި 9 ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، އެއީ މުޅިންވެސް ޕާކިސްތާނު މީހުން ކަމަށް ޚަބަރު ލިބެއެވެ.

ސްރީލަންކާ ކަނޑުގެ އަސްކަރިއްޔާގެ ކޮމާންޑަރު ޕިޔާލް ޑި ސިލްވާ ވިދާޅުވީ، އޮޕަރޭޝަން ހިންގި ޓީމުން ހަރަކާތްތެރިވެފައިވާނީ ހަށި ރައްކަލަކަށް ބޭނުންކުރާ ޕާސަނަލް ޕްރޮޓެކްޝަން ގިއަރުގައި ކަމަށާ، އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކަލަށް ވިސްނަގައިގެން އެޅި ފިޔަވަޅެއް ކަމަށެވެ.

ރެއިޑްކުރި ބޯޓުން އަތުލައިގަތް ތަކެތީގެ ތެރޭގައި 605 ގުރާމްގެ ކްރިސްޓަލް މެތް އާއި 579 ކިލޯގްރާމްގެ ކެޓަމައިން ހުރިއިރު، މިއީ ސްރީލަންކާއިން މިފަދަ ގޮތަކަށް ކެޓަމައިން ޝިޕްމަންޓެއް އަތުލައިގަތް ފުރަތަމ ފަހަރުވެސްމެއެވެ.

ޑި ސިލްވާ ވިދާޅުވީ މި ޝިޕްމަންޓަކީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުކަށް އެތެރެ ކުރުމަށް އުފުލަމުންދިޔަ ޝިޕްމަންޓެއް ކަމަށް ބެލެވޭ ކަމަށެވެ.

މިހާތަނަށް ހިންގުނު ތަހުގީގަށް ބަލާއިރު، މި ޝިޕްމަންޓް އައިސްފައިވަނީ އީރާން-ޕާކިސްތާނު އައްސޭރިފަށުގެ ސަރަހައްދުން ކަމަށްވެސް ލަންކާއިން ބުނެއެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގަކީ ލަންކާއަށް ބަލާނަމަ ގާތްގަނޑަކަށް 65 މިލިއަނެއްހާ ޑޮލަރު ކަމަށްވާއިރު، މިއީ ލަންކާގެ ތާރީޚުގައިވެސް ހިންގުނު އެންމެ ބޮޑު ޑްރަގް ބަސްޓް އޮޕަރޭޝަން ކަމަށް އެގައުމުގެ ދިފާއީ ވުޒާރާއިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!