ޔޫކޭއިން އައި 45 މީހެއްގެ ސާމްޕަލް ނަގައިފި

މިދިޔަ މަހުގެ 14 އިން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސިވިލާތުން ރާއްޖެ އައި މީހުންގެ ތެރެއިން 45 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް ކޮވިޑް19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މި ދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސިވިލާތުން ރާއްޖެ އައި މީހުންގެ ތެރެއިން މިއަދާ ހަމައަށް 45 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.

އެޗްޕީއޭއިން މަސައްކަތް ކުރަމުން ދަނީ ވީހާވެސް އަވަހަކަށް އެމުއްދަތުގައި އިނގިރޭސިވިލާތުން ރާއްޖެއައި އެންމެންގެ ސާމްޕަލް ނަގުމަށް ކަމަށާއި، ނަމަވެސް މިހާލަތުގައި ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެއީ ވަރަށް ދެރަކަމެއް ކަމަށް މަބުރޫކް ވިދާޅުވިއެވެ.

މިއަދު ސޯޝަލް މީޑިއާގައި މިކަމާ ގުޅޭގޮތުން ފަތުރާފައިވާ ވާހަކަތަކަށް އަލިއަޅުއްވާލައްވަމުން މަބްރޫކް ވިދާޅުވީ، މިދަނޑިވަޅުގައި އެއްވެސް މީހަކު ހަގީގަތް އޮޅުވާލައި ދޮގު މައުލޫމާތު ނުފެތުރުމަށެވެ. މި ހާލަތުގައި ރާއްޖެއިން ބޭރުން އަންނަ އެއްވެސް މީހަކާމެދު ތަފާތުގޮތަކަށް އަމަލުކޮށްފައި ނުވާނެ ކަމަށާއި ސަރުކާރުން ގާއިމް ކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގައި ދައުލަތުގެ ވަޒީރުންގެ ދަރިންނާއި، އެނޫންވެސް އިސް މަގާމުތަކުގައި ތިއްބެވި އާއިލާތަކުގެ މެންބަރުންވެސް އެބަ ތިއްބެވި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!