ކޮރޯނާ ވައިރަހާ ގުޅިގެން ލޯނުތައް ދައްކަން އުނދަގޫވާ މީހުންނަށް ލޯނު ދެއްކުމަށް ލުއިގޮތެއްތަކެއް ހަމަޖައްސައިދެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނިންމައިފި އެވެ.
އެމްއައިބީން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ސަރުކާރާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ސަޕޯޓް ޕްލޭންގެ ދަށުން ބިޒްނަސް އަދި ކޯޕަރޭޓް ކަސްޓަމަރުންނާއި ރީޓެއިލް އަދި ކޮންޒިއުމަ ކަސްޓަމަރުންނަށް ވަނީ އުސޫލުތަކެއް އެކުލަވާލާފައި ކަމަށެވެ.
އިސްލާމިކް ބޭންކްގެ ވިޔަފާރިއާ ގުޅޭ ފައިނޭންސިން ވަސީލަތްތައް ނަގާފައިވާ މީހުން، އެ ފުރުސަތު ބޭނުންނަމަ ކޮވިޑް ސަޕޯޓް އެޕްލިކޭޝަން ފޯމު، ބޭންކަށް މެއިލް ކުރުމަށް ވަނީ އެދިފަ އެވެ. މި އެޕްލިކޭޝަން ފޯމު އެތަނުގެ ވެބްސައިޓުން ވެސް ލިބޭނެ އެވެ.
ސަޕޯޓު ފޯމުތައް ފުރުމަށް ފަހު އީމެއިލް ކުރަން ޖެހެނީ [email protected] އަށެވެ.
ފޯމު ހުށަހެޅުމުން އެ ވިޔަފާރިއެއްގެ އިންޓާނަލް އެސެސްމެންޓް ހަދައި ހޯދައިދެވޭނެ ލުއި ގޮތްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ވެސް އެމްއައިބީ އިން ވަނީ ބުނެފަ އެވެ.
އަދި އެޕްލިކޭޝަންތަކުގެ އިވެލުއޭޝަން ކުރިއަށް ދާނެ ގޮތް ވެސް ކަސްޓަމަރުންނަށް ކިޔައިދޭނެ އެވެ.