ކަރަންޓީން ކުރުމާއި، އައިސޮލޭޓް ކުރުމުގައި ވަކި މީހަކަށް ތަފާތެއް ނުކުރާނެ

ކަރަންޓީން ކުރުމާއި، އައިސޮލޭޓް ކުރުމުގައި ވަކި މީހަކަށް ތަފާތެއް ނުކުރާ ކަމަށާ ހަމަޖެހިފައިވާ އުސޫލުން ކަރަންޓީންކޮށް އައިސޮލޭޓް ކުރަންޖެހޭ މީހުން އެއްވެސް އިސްތިސްނާއެއް ނެތި ކުރަމުން ގެންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން މިހެން ބުނެފައިމިވަނީ ސަރުކާރުގެ ނުފޫޒުގަދަ ބައެއް ބޭފުޅުންނާއި އެ ފަރާތްތަކުގެ އާއިލާގެ ބޭފުޅުން ކަރަންޓީނަށް ވަޑައިނުގެން ގޭގައި ތިއްބަވާ ކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

އެ ވާހަކަތައް ދޮގުކުރައްވަމުން ކޮވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ މިގޮތަށް ދެކެވުނު ވާހަކަތަކާއި އަދި ފޮޓޯތައް ވެސް ފެނިވަޑައިގެންފައިވާ ކަމަށާއި އެގޮތަށް ދެކެވޭ ވާހަކަތަކުގައި އެއްވެސް ވަރެއްގެ ހަގީގަތެއް ނެތް ކަމަށެވެ.

އެގޮތުން މިހާރުވެސް ކަރަންޓީން ފެސިލިޓީތަކުގައި އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި އެކި ފަންތިތަކުގެ ބޭފުުޅުންނާއި، އެ ބޭފުޅުންގެ ދަރިންނާ، ކެނބިނެޓް މިސްޓަރުންގެ އާއިލާތައް ވެސް އެބަ ތިއްބެވި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

“މިކަމުގައި ދިވެހި ރައްޔިތުންގެ ސަލާމަތަށްޓަކައި އަޅުގަނޑުމެން ނާޅާނެ ފިޔަވަޅެއް ނެތް. އަދި ވަކި މީހަކަށްވީތީވެ އިސްތިސްނާއެއް ނޯވޭ” މަބްރޫކް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!