ފުލުހުންގެ ރައްކާތެރިކަމަށް ޓާސްކްފޯހެއް އެކުލަވާލަވާލައިފި

ކޮވިޑް-19 އާއި ގުޅިގެން ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓާސްކް ފޯސްއެއް އެކުލަވާލައިފި އެވެ.

ފުލުހުން ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން އެ ސަރވިސްއިން ކުރަމުންގެންދާ މަސައްކަތުގައި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މިއަދުން ފެށިގެން ފުލުހުންގެ މުޅި މުއައްސަސާގެ ހުރިހާ ޑައިރެކްޓަރޭޓްތައް ތަމްސީލު ކުރެވޭގޮތަށް ހެލްތު އެންޑް ސޭފްޓީ ޓާސްކް ފޯހެއް ކޮމިޝަނަރ އޮފް ޕޮލިސް އެކުލަވާލައްވާފައިވާކަމަށެވެ.

މިއީ ކޯވިޑް-19އާ ގުޅިގެން މިޙާލަތުގައި މަސައްކަތްކުރާ ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަޤުސަދުގައި އެކުލަވާލި ޓާސްކްފޯހެކެވެ. މީގެ އިތުރުން، ކޮމިޝަނަރ އޮފް ޕޮލިސް މިއަދުވަނީ، އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހެޅުމާއި، ހުށަހެޅޭ މައްސަލަތައް ތަޙްޤީޤު ކުރުމުގެ އުސޫލު އެކުލަވާލުމަށްފަހު އެ އުސޫލު ފުލުހުންނަށް ޢާއްމު ކުރައްވާފައެވެ.

މީގެ އިތުރުން، ކޮމިޝަނަރ އޮފް ޕޮލިސް މިއަދުވަނީ، އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހެޅުމާއި، ހުށަހެޅޭ މައްސަލަތައް ތަޙްޤީޤު ކުރުމުގެ އުސޫލު އެކުލަވާލުމަށްފަހު އެ އުސޫލު ފުލުހުންނަށް ޢާއްމު ކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!