މާލެއިން ފުރައިގެން އައްޑޫ ސިޓީއަށް ދަތުރުކުރަމުންދިޔަ “އަލްމާ” ބޯޓް ގދ.މަޑަވެލި ފަރަށްއަރައި ބޯޓް ފަޅައިގެން ގޮސް ދިޔަވަމުން އެބަދެއެވެ.
ފަރަށް އެރި ބޯޓު ދަނީ ދިޔަވަމުން ކަމަށާއި ބޯޓްގައި މުދާ އެބަހުރި ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މާލެއިން ފުރައިގެން ސ.ފޭދޫއަށް ދަތުރުކުރި ‘އަލްމާ’ ނަމަކަށް ކިޔާ ބޯޓު ގދ. މާވަރަލާ ފަރަށް އަޅައިގެން އެމްއެންޑީއެފް ސަދާން އޭރިއާގެ ކޯސްޓް ގާޑު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށެވެ.
ބޯޓުގައި ހުރީ ލުއިކާނާ އާއި ލަކުޑި އަދި ކާޑުގެ ބާވަތްތައް ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.
ފުލުހުން ވިދާޅުވީ، މިހާދިސާ ހިނގިވަގުތު ބޯޓުގައި ތިބީ 4 ދިވެހިންނާއި 4 ބިދޭސީން ކަމަށެވެ. އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި ހާދިސާއާއި ގުޅިގެން ފުލުހުންނާއި ކަނޑުހުޅުދޫ އަދި ގައްދޫ އާންމު ފަރާތްތަކާއި ގުޅިގެން ބޯޓުގައި ހުރި މުދާތައް ހުސްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ.