2 ލައްކައެއްހާ މީހުން ޔޫއެސް އިން ކޮރޯނާގައި މަރުވާނެކަމަށް ވައިޓްހައުސް އިން އަންދާޒާ ކޮށްފި

ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި ކޮރޯނާވައިރަސްއާއި ގުޅިގެން މަރުވާ މީހުންގެ އަދަދު 100 ހާސްއިން 240 ހާސް އަރާނެކަމަށް ޕޮރޮޖެކްޓް ކޮށްފިއެވެ. އަދި ވޭންދިނިވި ދެ ހަފްތާއަށް ތައްޔާރުވުމަށް ޓްރަމްޕް ގޮވާލައިފިއެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ ވައިޓް ހައުސްގެ ކޮރޯނާ ވައިރަސް ޓާސްކް ފޯރސްއިން މިދިޔަ އަންގާރަ ދުވަހު މީހުން އެއްވެ އުޅުން މަދުކުރުމަށް ގޮވާލާފައިވަނިކޮށެވެ. އަދި އެމެރިކާގައި ސޯޝަލް ޑިސްޓޭންސިން ގައިޑްލައިން ވަނީ ނެރެފައެވެ. މިއާއިއެކު ޓާސްކް ފޯރސްއިންވަނީ މިހާރު އެމެރިކާގެ ހާލތު އޮތްގޮތަށް އޮތްނަމަވެސް 1000000-240000 މީހުންނަށް މިބަލި ޖެހި މަރުވުމުގެ ފުރުސަތު ބޮޑެވެ.  އަދި އެއްވެސް ފިޔަވަޅެއް ނާޅައިފިނަމަ މި އަދަދު 1.5-2.2 މިލިއަން އަށް އަރާނެއެވެ. އެހެންކަމުން މި ގައިޑްލައިންއާއި އެއްގޮތަށް އަމަލުކުރުމަކީ ވަރަށް މުހިންމު ކަމއެއް ކަމަށް ޓްރަމްޕް ވަނީ ގޮވާލާފައެެވެ.  

މިގެ އިތުރުން މުޅިދުނުޔެއަށް ކުރިމަތިވެފައިވާ މި ވައިރަސްއިން ރައްކާތެރިވުމަށް ކުރާމަސައްކަތްތައް ކުރިއަތް އޮތް ހަފްތާތަކުގައި ގިނަވެފައި އުދަގޫ ވާނެކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

މި ވައިރަސް އަށް އެއްވެސް މެޖިކް ވަޒަނެއް ނުވަތަ މެޖިކްވެކްސިން އެއް ނެތްކަމާއި އަދި މިކަމަށް އޮތް ހަމައެކަނި ފަރުވާއަޚި މީޙުންގެ އުޅުންކަމުގައި ޑޮކްޓަރ ބިރކްސް ވިދާޅުވިއެވެ.

ހަމައެހެންމެ ކޮރޯނާ ވައިރަސް ފެތުރުނަ ނުދިނުމަށްޓަކައި އެމެރިކާގެ ހުރިހާ ސްޓޭޓްއެއް ލޮކްޑައުން ކުރުމަށް ޓްރަމްޕް ގޮވާލައިފިއެވެ. އަދި ހަމަ އެއާއެކު ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އެންމެނަށްވެސް ޓްރަމްޕް ތައުރީފު ކުރިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!