8 މީހުންނާއެކު ފޭދޫއަށް ދަތުރު ކުރަމުންދިޔަ ބޯޓެއް ފަރަށް އަރައިފި

މާލެ އިން ފުރައިގެން އައްޑޫ ސިޓީ ފޭދޫއަށް ދަތުރު ކުރަމުންދިޔަ ބޯޓެއް ފަރަށް އަރައިފި އެވެ.

ފަރަށް އަރާފައި ވަނީ އަލްމާ ނަމަކަށް ކިޔާ ބޯޓެކެވެ. އެ ބޯޓު ފަރަށް އެރިއިރު އޭގައި އަށް މީހަކު ތިއްބެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، މާލެއިން ފުރައިގެން ސ.ފޭދޫއަށް ދަތުރުކުރި ‘އަލްމާ’ ނަމަކަށް ކިޔާ ބޯޓު ގދ. މާވަރަލާ ފަރަށް އަރައިގެން އެމްއެންޑީއެފް ސަދާން އޭރިއާގެ ކޯސްޓް ގާޑު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓުގާޑް ސްކޮޑްރަން އިން އެހީތެރިކަން މިހާރު ފޯރުކޮށްދޭން ފަށާފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހަވީރު 5:35 ހާއިރުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!