ހުޅުމާލޭގައި މަގުމަތިން ދިޔަ މީހެއްގެ ދަބަސް ފޭރެން އުޅުނު ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.
ފުލުނުން ބުނީ ރޭ 10:55 ހާއިރު ހުޅުމާލެ ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް ހުޅުމާލެ ސްޕައިސް ކެފޭ ކައިރިން ޗައިނާ އަންހެނެއްގެ ދަބަސް ފޭރެން އުޅުނު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެހެން ނަމަވެސް ފޭރެން މަސައްކަތް ކުރި މީހާއަށް ޗައިނާ އަންހެން މީހާ އަތުން ދަބަސް އަތުލެވިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެކެވެ.
ފުލުހުން ބުނީ ޗައިނާ އަންހެން މީހާގެ އަތުން ދަބަސް ފޭރެން އުޅުމުގެ ތެރޭގައި އަންހެން މީހާގެ ކަނާތު ކަކޫ މަށައިގެން ގޮސް އަދި ކަނާތު އުޅަބޮށިން ހަންމަށައިގެން ގޮސްފައިވުމުން ހުޅުމާލެ ހޮސްޕިޓަލުން ފަރުވާދީފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.