މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަނާލުތަކުގައި ތިބި ދަރިވަރުންގެ ފީ މާފުކޮށްދޭން ނިންމައިފި އެވެ.
ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ވައިސް ޗާންސެލާ ހަސަން ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދަނާލު ފީ މާފުކޮށްދިނީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ދަރިވަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.
އެގޮތުން މިދިޔަ މަހާއި މިމަހުގެ ދަނާލު ފީ މިހާރު މާފްކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގެ އިތުރުން، އެމްއެންޔޫގެ ދަނާލުތައް ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫ އަދި ސ. ހިތަދޫގައި ހުރެއެވެ.
އެގޮތުން ރަށްރަށުގެ ދަނާލުތަކުން ދަރިވަރެއްގެ އަތުން މަހެއްގެ މައްޗަށް 500 ރުފިޔާގެ ފީއެއް ނަގަ އެވެ. އަދި މާލޭ ދަނާލުގައި، އެއް ދަރިވަރަށް ވުރެ ގިނައިން ތިބޭ ކޮޓަރިތަކުން ކުއްޖެއްގެ އަތުން ކޮންމެ މަހަކު 900 ރުފިޔާ އަދި އެކަނި ހުންނަ ކޮޓަރިއަކަށް 1،200 ރުފިޔާ ދައްކަންޖެހެ އެވެ.