ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ނައިފަރުން ފަސް މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ދެ ފިރިހެނުންގެ އިތުރުން 26 އަހަރުގެ އަންހެނެކެވެ. މި ފަސް މީހުންނަކީވެސް ދިވެހިންނެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ ނައިފަރުގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މާރިޗު މަހުގެ 31 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ.
އެ އޮޕަރޭޝަނުގައި އެރަށު ފަޅު ގެއެއްގެ ތެރެއިން އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެެއް ހުރި ކުޑަ ނުވަ ރަބަރު ޕެކެޓާއި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މި މައްސަލަ ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.