ހެންވޭރު ކާނިވާ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި ހަތަރު ފުރޮޅުލީ އުޅަނދުތައް އެތަނުން ނެގުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.
އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި އުޅަނދުތައް ބަހައްޓާފައިވާ ފަރާތްތަކުން މި މަހުގެ 8ވަނަ ދުވަހުގެ ހަވީރު 18:00ގެ ކުރިން އެތަކެތި ނަގާ އެ ސަރަހައްދު ހުސް ކޮށްދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ކާނިވާ ސަރަހައްދުގައި ހަދަނީ ހަތަރުު ފުރޮލީ އުޅަނދު ޕާކު ކުރާ ޒޯނެކެވެ. އެ ޒޯނުން ދޫކުރުމަށް ހަމަޖައްސާފައި ވަނީ 52 ސްލޮޓެވެ. އެއިން ކޮންމެ ސްލޮޓެއްގެ އަގަކީ މަހަކު 3،000 ރުފިޔާ ކަމަށް ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ފީ ދައްކައިގެން ހެންވޭރު ކާނިވާ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަމަވީ މާޗު މަހުގެ ފުރަތަމަ ދުވަހު އެވެ.