ފޮޓޯ: ސަން

ކޮވިޑް-19: ދިވެހި 2 މީހުން ފިޔަވައި އެންމެން ރަނގަޅުވެއްޖެ

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން އަނެއްކާވެސް އިތުރު 2 މީހުން ރަނގަޅުވެއްޖެއެވެ. މިރޭ ރަނގަޅުވިކަން އިއުލާންކުރި ދެ މީހުންނަކީ އަނަންތާރާ ދިގު ރިސޯޓްގައި ތިއްބާ ޕޮޒިޓިވްވި ދެ ޓޫރިސްޓުންނެވެ. އެ ދެ މީހުންގެ ނަތީޖާ ވެސް ވަނީ ކޮވިޑް-19އަށް ޑަބަލް ނެގެޓިވްވެފަ އެވެ.

މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާދެމުންދަނީ ދެ ދިވެހިންނަށް އެކަންޏެވެ. އެ ދެ މީހުންނަކީ އިނގިރޭސިވިލާތުން ރާއްޖެ އައި ދެ މީހުންނެވެ. އެމީހުން ރާއްޖެ އައި ގޮތަށް ވެސް ތިބީ ކަރަންޓީނުގަ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވީ ހުރިހާ ބިދޭސީން ބަލިން ރަނގަޅުވެފައިވާއިރު އެ އެންމެން ވެސް މިހާރު ތިބީ 30 ދުވަހުގެ މޮނީޓަރިންގައި ކަރަންޓީނުކޮށްފަ އެވެ.

މިހާރު ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސަކު ވެސް ގެންދަނީ ސީދާ ކަރަންޓީނަށެވެ. އޭގެ އިތުރުން ރާއްޖެއަށް ޓޫރިސްޓުން އައުން މިހާރު ވަނީ މަނާކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!