އަލިދޫން ވައްކަންކުރި މައްސަލާގައި ދައުވާކުރަން ފޮނުވައިފި

ހއ.އަލިދޫ ރިސޯޓުން އެކި ދުވަސް މަތިން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނެގި މައްސަލާގައި ތުހުމަތު ކުރެވޭ މީހުންނަށް ދައުވާކުރަން ފޮނުވައިފިއެވެ.

އަލިދޫން ވައްކަން ކުރާ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ. މައްސަލަ ހުށަހެޅުމާއެކު ފުލުހުން ވަނީ ހއ. އުތީމުގެ ނުވަ ގެއެއް ބަލައި ފާސްކޮށްފަ އެވެ. އަދި އަލިދޫ ރިސޯޓުން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ތަކެތި އެ ގެތަކުން ހޯދި އެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ވަނީ 30-35 އަހަރާ ދެމެދުގެ ހަތަރު ފިރިހެނުން ހައްޔަރުކޮށްފަ އެވެ. އަދި ހުކުރު ދުވަހު ވަނީ 30 އަހަރާއި 34 އަހަރުގެ ދެ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. އެ އެންމެންނަށް ވެސް ކޯޓުން ވަނީ މުއްދަތު ޖަހައިދީފަ އެވެ.

ދައުވާ ކުރަން ފޮނުވީ ކިތައް މީހުންގެ މައްޗަށް ކަމެއް ފުލުހުން ނުބުނެ އެވެ.

ފުލުހުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ރިސޯޓުން ވަގަށް ނެގި ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ ގޮނޑި އާއި ގޮދަޑި އާއި ބެޑްޝީޓާއި ބާލިސް ފަދަ ހިމެނެ އެވެ. އަދި މިނީ ފްރިޖާއި ޓީވީ ފަދަ ތަކެތި ވެސް ވަނީ ވަގަށް ނަގައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!