ސަފާރީއަކުން ކުނަހަންދޫ އަށް ފޭބި 2 މީހަކު ހައްޔަރުކޮށްފި

ލ. ކުނަގަންދޫ ކައިރީ އޮތް ސަފާރީއަކުން އެ ރަށަށް ފޭބި ދެ މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމާ ހިލާފަށް ރޭ 10:14 ގައި ކުނަގަންދޫ ކައިރީ އޮތް ސަފާރީއަކުން ދެ މީހަކު އެ ރަށަށް ފައިބާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އުމުރުން 39 އަހަރާއި 37 އަހަރުގެ ދެ ދިވެހި ފިރިހެނުން މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ލ. ގަން ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާ ތަނެއްގައި ފަސް ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ބުނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ ހުރިހާ ފަރާތްތަކުން ވެސް ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުންތަކާ އެއްގޮތައް އަމަލު ކުރަން އިލްތިމާސް ކުރާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!