ކަރަންޓީންކުރާ އެންމެންވެސް ޓެސްޓުކުރަން ނިންމައިފި

ރާއްޖޭގައި ކަރަންޓީންކުރާ އެންމެންވެސް ކަރަންޓީންގެ މުއްދަތު ހަމަވުމަށްފަހު ދޫކޮށްލުމުގެ ކުރިން ކޯވިޑަށް ޓެސްޓު ކުރަން ނިންމައިފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗްގެ އެެތެެރެހަށީގެ ހާއްސަ ޑޮކްޓަރު އަލީ ލަތީފް ވިދާޅުވީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން އަދި ތަޖުރިބާއަށް ވެސް ބެލުމަށް ފަހު މިހާރު ނިންމާފައި ވަނީ، ކަރަންޓީނު ކުރާ ކޮންމެ މީހަކުވެސް ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ޓެސްޓް ހަދައި އެ ވައިރަސް ނެތްކަން ކަށަވަރު ކޮށްފައި ދޫކޮށްލަން ކަމަށެވެ.

ޑރ. އަލީ ލަތީފު ވިދާޅުވީ، ކަރަންޓީން ކުރުމަށް ފަހު 14 ދުވަސް ހަމަވުމުން މީގެ ކުރިން ޓެސްޓެއް ނުހަދާ ކަމަށާއި ނަމަވެސް ފާއިތުވެދިޔަ ތަނުގައި ލިބިފައިވާ ތަޖުރިބާގެ އަލީގައި ކަރަންޓީނު ކުރާތާ 14 ދުވަސް ހަމަވުމަށް ފަހު ދެން ދޫކޮށްލާނީ ޓެސްޓް ހެދުމަށްފަހު ކަމަށެވެ.

މިގޮތަށް ނިންމީ މިކަން މިގޮތަށް ކުރެވޭ ވަރަށް ރާއްޖޭގައި ޓެސްޓު ކިޓުތައް ވެސް ހުރުމުން ކަމަށް ޑރ.ލަތީފް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!