ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟަށާއި އުތުރުގެ ސިޓީއެއްކަމަށްވާ ޖާޒާނަށް އަމާޒުކޮށް ދިން މިސައިލް ޙަމަލާތަކެއް ނާކާމިޔާބުކޮށްލާފައިވާކަމަށް ސަޢުދީ ޢަރަބިއްޔާއިން ބުނެފިއެވެ.
ސަޢުދީ ޢަރަބިއްޔާއަށް ޙަމަލާދީފައިވަނީ ކޮންބައެއްކަމެއް އަދި ސާފެއް ނުވެއެވެ. މިހާތަނަށް އެއްވެސް ފަރާތަކުން އެޙަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ.
ރިޕޯޓުތައް ބުނާގޮތުންނަމަ، ސައުދީއަށް ޙަމަލާދިނީ އިރާނުން ވާގިވެރިވެދޭ ހޫޘީ ހަނގުރާމަވެރި ގްރޫޕުންނެވެ. އެ ގްރޫޕުން ފޮނުވާލި ބެލިސްޓިކް ދެ މިސައިލެއް ސައުދީގެ އަސްކަރީން ވަނި ދިފާއުކޮށްފައެވެ.
ޔަމަނުގެ ސަރުކާރު ބަދަލުކޮށް އެގައުމަށް އަތްގަދަކުރުމަށް ހަނގުރާމަކުރަމުންދާ ހޫޘީ ޖަމާޢަތުން މީގެ ކުރިންވަނީ ސަޢުދީ ޢަރަބިއްޔާއަށް އަމާޒުކޮށް ގިނަ ޙަމަލާތަކެއްދީފައެވެ.