އެސްޓީއޯއިން ފިޔާ، އަލުވި، ބިސް ވިއްކުން ކޮންޓްރޯލްކޮށްފި

ބާޒާރުގައި ފިޔާ އާއި އަލުއްވާއި ބިހުގެ އަގު ދަށް ކުރަން އެސްޓީއޯއިން ވިއްކާ ފިޔާ، އަލުވި އަދި ބިހުގެ އަގު ކޮންޓްރޯލް ކޮށް އަގު ހެޔޮކޮށް ވިއްކަން ފަށައިފި އެވެ.

އެސްޓީއޯގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފިޔާ، އަލުވި އަދި ބިސް ކޮންޓްރޯލް ކޮށްގެން އެ ކުންފުނިން ވިއްކަން ފަށާފައިވާ ކަމަށާ އާއްމުންނަށް ބޭނުންވާ ވަރަށް އެ ބާވަތްތައް އެ ކުންފުނިން މިހާރު ލިބޭނެ ކަމަށެވެ.

“ކޮންމެ މީހަކަށް ބިސް ޓްރޭއެއް އަދި ފިޔާ، އަލުވި ކިލޯއެއް ލިބޭނެ،” އޮފިޝަލް ވިދާޅުވި އެވެ.

އެ ކުންފުނިން ފިޔަ އާއި އަލުވި ކިލޯއެއް ވިއްކާނީ 12ރ. އަށެވެ. އަދި ބިހެއް ވިއްކަނީ 1.30ރ. އަށެވެ. ނަމަވެސް ބާޒާރުގައި ފިޔާ އަދި އަލުވި ކިލޯއެއް ހުރީ 25ރ. އާއި 30ރ. އަށެވެ. އަދި ބިހެއްގެ އަގު ވަނީ 2:30 އަށްވުރެ މަތިވެފަ އެވެ.

ބާޒާރުގައި ބިސް ކޭހެއް މިހާރު ލިބެނީ 400ރ. އާއި 550ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!