ސައުދީއަށް މިސައިލް ހަމަލާތަކެއް ދީފި

ސައުދީއަށް މިސައިލް ހަމަލާތަކެއް ދީފިއެވެ.

ސައުދީގެ މިސައިލް ދިފާއީ ނިޒާމުން 2 ހަމަލާއެއް ބްލޮކް ކޮށްލާފައިވާކަމަށް ޔަމަނުގައި ސައުދީ އިސްވެ އޮވެ ހަނގުރާމަ ކުރަމުންދާ އަސްކަރީ ކޯލިޝަންގެ ތަރުޖަމާނު ތުރުކީ އަލް-މާލިކީ ހާމަކުރައްވައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުންނަމަ، ސައުދީއަށް ޙަމަލާދިނީ އިރާނުން ވާގިވެރިވެދޭ ހޫޘީ ހަނގުރާމަވެރި ގްރޫޕުންނެވެ. އެ ގްރޫޕުން ފޮނުވާލި ބެލިސްޓިކް ދެ މިސައިލެއް ސައުދީގެ އަސްކަރީން ވަނި ދިފާއުކޮށްފައެވެ. ޔަމަނުގައި ޙަރަކާތްތެރިވާ ސައުދީގެ ގުޅިފައިވާ ލަޝްކަރުގެ ތަރުޖަމާނު ކާނަލް ތުރުކީ އަލް މާލިކީއާއި ޙަވާލާދީ ސައުދީގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރާ ގޮތުގައި، ހޫޘީންގެ މިޙަމަލާތަކުގައި އެއްވެސް މީހަކު މަރެއް ނުވެއެވެ. އެހެންނަމަވެސް ހޫޘީން ފޮނުވާލި މިސައިލްތައް ސައުދީގެ އަސްކަރީން ފުނޑާލިއިރު އޭގެ ބައެއް ބައިތައް ރިޔާދާއި، ޖިޒާން ސިޓީގެ އާންމުން ދިރިއުޅޭ ޞަރަޙައްދުތަކަށް ވެއްޓިފައިވެއެވެ.

ރޭގެ ވަގުތުތަކުގައި ސައުދީގައި ގޮވުންތަކެއް ގޮވާފައިވާކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ. އެހެންނަމަވެސް ޞައްޙަ މަސްދަރަކުން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ރޭގެ ސައުދީއަށް ދިން މިޙަމަލާތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.

ޔަމަނުގެ ސަރުކާރާއި ދެކޮޅަށް އީރާނުގެ އެހީތެރިކަމާއެކު ޙަމަލާދެމުންދާ ހޫޘީ ހަނގުރާމަވެރިން މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން ސައުދީއަށާއި، ޔަމަނާއި އިންވެގެންވާ ބައެއް އެހެނިހެން ޤައުމުތަކަށް އަސްކަރީ ޙަމަލާތައް ދެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!