ކޮވިޑް-19: މާލޭގައި 44 ފަރާތެއް ހޯމް ކަރަންޓީންގައި އެބަތިބި

ކޮވިޑް-19 އާއި ގުޅިގެން މާލޭގައި 44 ފަރާތެއް ހޯމް ކަރަންޓީނު ކުރެވިފައި އެބަތިބި ކަމަށް ސަރުކާރުން ރޭ ހާމަކޮށްފިއެވެ.

ކޮވިޑް-19 އާއި ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ރޭ ވިދާޅުވީ މާލޭގައި ހޯމް އައިސޮލޭޝަންގައި 13 ދިވެހިންނާއި 4 ބިދޭސީއެއް އެބަތިބި ކަމަށާއި އަދި ހޯމް ކަރަންޓީންގައި މިވަގުތު 43 ދިވެހިންނާއި ބިދޭސީއަކު އެބަހުރި ކަމަށެވެ.

ކޮވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތައް ހުރެގެން ރާއްޖެއިން މިހާތަނަށް 891 ސާމްޕަލް ނަގާފައިވާއިރު، އޭގެ ތެރެއިން 874 ސާމްޕަލް ވަނީ ނެގެޓިވް ވެފައެވެ.

މިހާތަނަށް ނެގި ސާމްޕަލްތަކުގެ ތެރެއިން ލެބޯޓްރީގައި ނަތީޖާ ނުލިބި ވަނީ އެންމެ ސާމްޕަލެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!