ތިން ރިސޯޓަކާއި ސަފާރީއަކުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން ޓެސްޓުކުރި މީހުން ބައްޔަށް ނެގެޓިވް ވެއްޖެއެވެ.
އެޗްޕީއޭ އިން ރޭ ބުނީ ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓު، ގްރޭންޑް ޕާރކް ކޮއްދިއްޕަރު މޯލްޑިވްސް، ޖޭ.އޭ. މަނަފަރު މޯލްޑިވްސް ރިސޯޓު އަދި މާހާ ސަފާރީން ނެގި ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ.
ނަތީޖާތައް ނެގެޓިވް ވުމުން އެ ތިން ރިސޯޓާއި ސަފާރީ މިހާރު މޮނީޓަރިންގެ ހާލަތުން ނެގިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.