ލަކްސް ރިސޯޓުން ދިވެއްސަކު ޓެސްޓު ކުރަނީ

ލަކްސް ނޯތް މާލެ އެޓޯލް ރިސޯޓު ލޮކްޑައުންކޮށް، ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދިވެއްސަކު ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ކޮވިޑް-19 އާއި ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް މިރޭ ވިދާޅުވީ އެމީހާގެ ނަތީޖާ ލިބެންދެން އެ ރިސޯޓު މިހާރު އޮތީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ކަމަށެވެ.

މޮނީޓަރިންގެ ހާލަތުގައި އޮންނައިރު އެ ރިސޯޓަށް އަރައި ފޭބުމަކީ މަނާ ކަމެކެވެ.

އެ ރިސޯޓުގެ އިތުރުން ރާއްޖެ އައިސްފައިވާ ކާގޯ އުޅަނދަކުން ބިދޭސީއަކު ބައްޔަށް ޝައްކު ކުރެވޭތީ އެ އުޅަނދު ވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!