އެރިކް

11 މީހަކަށް ކޮރޯނާވައިރަސް ޖެއްސިކަމުގެ ތުހުމަތު ކުރެވޭ މީހާއަށް 15 އަހަރުގެ ޖަލު ހުކުމެއް އައިސްދާނެ

އެމެރިކާއަށް ކުރި ދަތުރެއް ނިންމާލައިފައި އެނބުރި އާޖެންޓީނާއަށް ދިޔަ 24 އަހަރުގެ ފިރިހެނެއް ކަރަންޓީނުގެ މުއްދަތު ހަމަނުކޮށް މީހުން އެއްވެ އުޅޭތަނަކަށް ގޮސްފައިވާތީ، އޭނާއަށް 15 އަހަރުގެ ޖަލު ހުކުމެއް އައިސްދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އެގޮތުން އެރިކް ޓޮރޭލްސް ނަމަކަށް ކިޔާ އެ ފިރިހެން މީހާ އާޖެންޓީނާއަށް ގޮސްފައިވަނީ މާޗު މަހުގެ 13 ވަނަ ދުވަހު ކަމަށް ވެއެވެ. އަދި އޭނާ އޭގެ އަނެއް ދުވަހު ވަނީ ގޭގައި އެކަހެރިވުމުގެ ބަދަލުގައި، އާއިލީ ރައްޓެއްސެއްގެ އުފަންދުވަހުގެ ޕާޓީއަށް ގޮސްފައެވެ.

އޭގެ ފަހުން މާޗު 19 ވަނަ ދުވަހު، މެޔަށް އުނދަގޫ ވާތީ އެރިކް ހޮސްޕިޓަލަށް ދިޔުމުން ވަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައެވެ. އަދި އެފަހުން ވަނީ ކޮވިޑް-19އަށް ފައްސިވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ހަމައެއާއެކު އޭނާ ގޮސްފައިވާ ޕާޓީއަށް ދިޔަ އިތުރު 11 މީހުން ވަނީ މިހާރު އެ ބައްޔަށް ފައްސިވެފައި ކަމަށްވެއެވެ. އޭގެތެރޭގައި އެދުވަހު އުފަންދުވަސް ފާހަގަކުރި 15 އަހަރުގެ އަންހެން ކުއްޖާވެސް ހިމެނެއެވެ. އަދި އެ ޕާޓީއަށް ދިޔަ އިތުރު މީހުންވެސް މިހާރު އަންނަނީ ޓެސްޓުކުރަމުންނެވެ.

އެހެންކަމުން، ބޭރު ޤައުމަކަށް ދަތުރު ކޮށްފައި އަންނަ މީހުންނަށް މިހާރު އަމުރު ކޮށްފައި އޮންނަ ކަރަންޓީންއާ އެއްގޮތަކަށް އަމަލު ނުކޮށް، މީހުން އެއްވެ އުޅޭ ތަނަކަށް ގޮސް އަދި އެތަނުގައި ނުރައްކާތެރި ގައިން ގަޔަށް އަރާ ބައްޔެއް ފެތުރި ކަމުގެ ކުށުގައި އެރިކް އަށް 15 ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ބުދަ ދުވަހު އެރިކް ހޮސްޕިޓަލުން ދޫކޮށްލުމާއެކު މިހާރު ހުރީ ގޭބަންދުގައެވެ. އަދި އޭނާއަށް ހަމައެކަނި ބޭރަށް ނުކުމެވޭނީ މެޑިކަލް އެޕޮއިންޓުމެންޓު ތަކަށް ކަމަށް ވެއެވެ. ހަމަ އެހެންމެ، ވަރަށް އަވަހަށް އޭނާގެ މައްޗަށް ދަޢުވާ ކުރުމުގެ ކަންތައް ކުރިޔަށްދާނެ ކަމަށް އާޖެންޓީނާގެ ކަމާބެހޭ ފަރާތްތަކުން ޚަބަރުދެއެވެ.

ކޮވިޑް-19ގެ 600 އާ ގާތްކުރާ އަދަދެއްގެ ކޭސް އާޖެންޓީނާއިން މިހާތަނަށް ވަނީ ފެނިފައެވެ. އަދި އޭގެތެރެއިން މަރުވެފައި ވަނީ 13 މީހުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!