ފޮޓޯ: މިހާރު

މިނިސްޓަރ އަބްދުﷲ ޝާހިދު ސްޓޭ އެޓް ހޯމް ޗެލެންޖް ގައި ބައިވެރިވެއްޖެ

ކޮވިޑް19 އާއި ގުޅިގެން ގޭގައި މަޑުކުރުމަށް ބުނަމުންދާ މި ދަނޑިވަޅުގައި، މިހާރު އެންމެ “ޓްރެންޑް” ވަމުން އަންނަ #ސްޓޭއެޓްހޯމްޗެލެންޖްގައި، މިނިސްޓަރ އަބްދުﷲ ޝާހިދު ބައިވެރިވެ ވަޑައިގެންފިއެވެ.

”ސްޓޭއެޓްހޯމްޗެލެންޖް” އަކީ ޓޮއިލެޓް ޕޭޕާރ ނުވަތަ ޓިޝޫ ރޯލް ބޭނުންކޮށްގެން ޖަގްލްކުރުމެވެ.

މި ޗެލެންޖްގައި ދުނިޔޭގެ މަޝްހޫރު އެތައް ތަރިންނެއް ދަނީ ބައިވެރިވަމުންނެވެ. އޭގެ ތެރޭގައި މަޝްހޫރު ފުޓްބޯޅަ ތަރިން ކަމުގައިވާ ލިއޮނެލް މެސީ ، ފޮޑެން، މާސެލޯ، އެންތަނީ މާޝިއަލް އަދި ރަޝްފޯޑް ފަދަ ކުޅުންތެރިން ހިމެނެއެވެ.

މި ޗެލެންޖުގައި ރާއްޖޭގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފްވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މިނިސްޓަރ ޝާހިދު މި ޗެލެންޖް ފުރިހަމަކުރުމަށްފަހު ވަނީ ނައިބް ރައީސް ފައިސްލަ ނަސީމް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އަދި މާޔަން އަށްވެސް މި ޗެލެންޖް ފުރިހަމަ ކުރުމަށް ޗެލެންޖު ކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!