ރޭގަނޑު 9:00 އިން ހެނދުނު 6:00 އަށް އެއާޕޯޓް ބަންދު ކުރަން ނިންމައިފި

މިރެއިން ފެށިގެން އަންނަ މަހުގެ 27 ގެ ނިޔަލަށް ކޮންމެ ރެއެއްގެ 9:00 އިން ހެނދުނު 6:00 އަށް ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބަންދު ކުރަން ނިންމައިފި އެވެ.

އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓް ލިމިޓެޑް ކޮމްޕެނީ (އެމްއޭސީއެލް)ގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން މިރެއިން ފެށިގެން އަންނަ މަހުގެ 27 ގެ ނިޔަލަށް ކޮންމެ ރެއަކު ރޭގަނޑު 9:00 ގައި އެއާޕޯޓް ބަންދު ކުރަން ފެށި ނަމަވެސް، ރާއްޖެ އަށް ބޭރުން ލިބޭ އެހީ ގެނައުމަށާއި އާއި މެޑިކަލް އިވެކުއޭޝަންތަކަށް އެއާޕޯޓް ހުޅުވާލާނެއެވެ.

މީގެ އިތުރުން ޝެޑިއުލްގައި ނެތް ދަތުރުތަކަށް ތިން ގަޑިއިރު ކުރިން ނޯޓިސް ދިނުމުންވެސް އެއާޕޯޓު ހުޅުވާލާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެއިން ވަނީ އިއްޔެ އިން ފެށިގެން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލައިފަ އެވެ. ނަމަވެސް ރާއްޖޭގައި ތިބި ބޭރުގެ ފަތުރުވެރިން ބަލައި އަންނަ ރެސްކިޔު ފްލައިޓުތަކާއި ކާގޯ ފްލައިޓުތައް މިހާރުވެސް އެއާޕޯޓަށް ޖައްސައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!