ޖަމާއަތުގައި ނަމާދުނުކުރަން ނިންމި ނިންމުން އިތުރު އެއް ހަފްތާ އަށް

މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މަޑުޖައްސާލައިފާއި އޮތް އޮތުން އިތުރު 1 ހަފުތާއަށް އިތުރުކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވީޑް19 ވައިރަސް ރާއްޖެއިން ފެނިފައިވާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް އެ ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން، މި މަހުގެ 18ވަނަ ދުވަހު މެންދުރު ނަމާދުން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ، އަދި ހުރިހާ ރިސޯޓްތަކެއްގައި ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް ނިންމާފައި އޮތް އޮތުން، އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ އަޞްރު ނަމާދުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރުމަށްވެސް އެ ސާކިއުލާގައި ވަނީ އެދިފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން، މީހުން ދިދިއުޅޭ އިތުރު ރަށެއް މޮނިޓަރިންގެގެ ޙާލަތަށް ގެނެސްފިނަމަ، އެރަށެއްގައި ޖަމާޢަތުގައި ނަމާދުކުރުމާއި ހުކުރު ނަމާދު ނުކުރުމަށްވަނީ އަންގާފައެވެ. އެނިންމުމަކީ އެއްވަގުތެއްގައި ގިނަބަޔަކު އެއްތަނަކަށް ޖަމާވުން ރައްކާތެރި ނޫންކަމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާތީ ނިންމާފައިވާ ނިންމުމެކެވެ.

މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ކުރިއަށް ނުގެންދިޔަނަމަވެސް، ވަކި ވަކިން ތިބެގެން ނަމާދުކުރެވޭނެއެވެ. އަދި މިސްކިތްތަކުގައި ވަކިވަކިން ނަމާދުކުރާއިރު މީހާގެ ވަށައިގެން 6 ފޫޓު ދުރުމިން ބަހައްޓައިގެން ނަމާދުކުރުމަށް އިރުޝާދުދެއެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!