ކޮވިޑް-19: އިތުރު ސަފާރީއަކާއި ރިސޯޓަކުން ޝައްކު ކުރެވޭ ބަޔަކު ފެނިއްޖެ

ކޮވިޑް-19އަށް ޝައްކުވާ އަލާމާތްތަކެއް ފެނިގެން އާކް ނޯވަލް ސަފާރީ އާއި ތާޖު އެކްސްކޮޓިކާ ރިސޯޓް މޮނީޓަރިން ހާލަތަކަށް ގެނެސް ދެ މީހަކު ޓެސްޓް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް 880 ސާމަޕްލަ ނަގައި ޓެސްޓް ކޮށްފައިވާއިރު ޕޮޒިޓިވްވެފައިވަނީ 16 މީހެކެވެ. އޭގެ ތެރެއިން 11 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ފަރުވާ މިހާރު ދެމުންދަނީ ތިން މީހަކަށެވެ. އެހެން މީހުން ކޮވިޑް-19 އިން ރަނގަޅުވެފައިވާއިރު އެމީހުން މިހާރު ތިބީ މޮނީޓާ ކުރުމަށް 30 ދުވަހުގެ ކަރަންޓީނުގަ އެވެ.

ރާއްޖޭގައި ކަރަންޓީނު ކޮށްފައި ތިބި އިޓަލީ ދެ މީހެއްގެ ނަތީޖާ ޕޮޒިޓިވްވެފައިވީ ނަމަވެސް އެ ދެ މީހުން ވަނީ ރާއްޖެއިން ފުރުވާލާފަ އެވެ. އެމީހުން ތިބި ފްލައިޓް މިހާރު ވަނީ ރަޝިއާގައި ކަރަންޓީނު ކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!