ރާއްޖެއިން ކޮވިޑް19 ޖެހުނު އިތުރު ދެ މީހަކު ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
އެ ނަތީޖާއާއެކު ރަނގަޅުވި މީހުންގެ އަދަދު 11 އަށް އެރީ އެވެ. ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 16 މީހެކެވެ. އޭގެ ތެރެއިން 14 މީހަކު ތިބީ ރާއްޖޭގަ އެވެ. އޭގެ ތެރޭގައި ދިވެއްސެކަކުވެސް ހިމެނެ އެވެ.
މި މީހުންގެ ތެރެއިން ފަރުވާ މިހާރު ދެމުންދަނީ ތިން މީހަކަށެވެ. އެހެން މީހުން ކޮވިޑް-19 އިން ރަނގަޅުވެފައިވާއިރު އެމީހުން މިހާރު ތިބީ މޮނީޓާ ކުރުމަށް 30 ދުވަހުގެ ކަރަންޓީނުގަ އެވެ.
ރާއްޖޭގައި ކަރަންޓީނު ކޮށްފައި ތިބި އިޓަލީ ދެ މީހެއްގެ ނަތީޖާ ޕޮޒިޓިވްވެފައިވީ ނަމަވެސް އެ ދެ މީހުން ވަނީ ރާއްޖެއިން ފުރުވާލާފަ އެވެ. އެމީހުން ތިބި ފްލައިޓް މިހާރު ވަނީ ރަޝިއާގައި ކަރަންޓީނު ކޮށްފަ އެވެ.