ވިލާ އެއަރގެ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލަނީ

ވިލާ އެއަރގެ، ފުލައިމީގެ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލަން އެ ކުންފުނިން ނިންމައިފިއެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ޙިދުމަތްދެމުން އަންނަ އަމިއްލަ ކުންފުންޏެއްކަމަށްވާ ވިލާ އެއަރއިން ބުނީ، އެ ކުންފުނީގެ ޙިދުމަތްތައް ކޯވިޑް-19 ގެ ސަބަބުން ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވާކަމަށެވެ.

އެ ކުންފުނިން ނެރެފައިވާ ސަރކިއުލާގައި ބުނެފައިވަނީ  މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން ފުލައިމީގެ ކޮމާޝިއަލް ފުލައިޓުތަކުގެ ދަތުރުތައް ވަކިމުއްދަތެއް ނެއްގޮތަށް ހުއްޓާލަން ނިންމައިފައި ވާކަމަށާއި، ކޮމާޝިއަލް ފުލައިޓުތަކުގެ ދަތުރުތައް ހުއްޓާލިނަމަވެސް އެމަރޖެންސީ ހާލަތްތަކުގައި ފުލައިމީގެ ބޯޓުތައް ދަތުރުކުރުމަށް ތައްޔާރުގައި އޮންނާނެ ކަމަށްވެސް ފުލައިމީއިން ނެރުނު ސާކިއުލާގައި ބުނެފައި ވެއެވެ.

ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ ގިނަ އެއަރލައިންތަކަކަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އެގޮތުން ބައެއް ބޮޑެތި އެއަރލައިންތަކުން ވަނީ ވަގުތީގޮތުން ދަތުރުކުރުންވެސް މެދުކަނޑާލާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!