ފިލްމް 83 ވެސް ލަސްކޮށްފި

އަންނަ އެޕްރީލް މަހުގެ 10 ގައި ރިލީޒްކުރަން ކުރިން ނިންމާފައި އޮތް ރަންވީރު ސިންގްގެ ފިލްމު “83” އަންނަ ޖޫން މަހުގެ 25 ގެނެސްދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި އެ ތާރީހަކީ “83” ގައި ކިޔައިދޭ ވާހަކައިގެ ތާރީހާ ގުޅޭ ވަރަށް ހާއްސަ ދުވަހެކެވެ. ސަބަބަކީ ޖޫން 25 އަކީ އިންޑިއާ އިން 1983 ގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރި ދުވަހެވެ. އެހެންވެ އެއީ މުބާރާތް ކާމިޔާބުކުރިތާ 37 އަހަރު ފުރޭ ދުވަހެވެ.

ކަބީރް ޚާން ޑައިރެކްޓްކޮށްފައިވާ ފިލްމުގައި ދައްކަނީ އިނގިރޭސިވިލާތުގައި ބޭއްވި މުބާރާތަށް އިންޑިއާ އިން ވި ތައްޔާރީތަކާއި މުބާރާތް ކާމިޔާބުކުރަން ހިތްވަރުގެ ވާހަކަ އެވެ.

އޭރު އިންޑިއާ ޓީމްގެ ކެޕްޓަނަކަށް ހުރި ކަޕިލް ދޭވްގެ ރޯލް “83” ގައި ކުޅެފައި ވަނީ ރަންވީރެވެ. އަދި އޭނާގެ އަންހެނުން ރޯމީ ބާޓިއާގެ ރޯލުން ދީޕިކާ ޕަދްކީން ފެންނާނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!