ފޯނު ތަކެއްގެ ވެރިފަރާތް ހޯދަނީ

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ  މޯބައިލް ފޯނު ތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި ފޯނު ތަކަކީ މި މަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައި، ސައިކަލެއްގެ ވަށިގަނޑުގައި ހުއްޓާ ފެނިގެން އާންމު ފަރާތަކުން ފުލުހުންނާ ހަވާލުކޮށްފައިވާ ފޯންތަކެކެވެ. މި ފޯންތަކުގެ ތެރޭގައި ހިމެނެނީ ސެމްސަންގ (Samsung) ބްރޭންޑްގެ ފޯނަކާއި ވާވޭ (Huawei) ބްރޭންޑްގެ ފޯނެއްގެ އިތުރުން ވީވޯ (Vivo) ބްރޭންޑްގެ ފޯނެކެވެ.

ވީމާ މި ފޯނު ތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު 452080 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ ފޯނާ ހަވާލުވެލެއްވުން އެދެމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!