ކޮވިޑް-19: އިނގިރޭސިވިލާތުގައި އުޅޭ ދިވެއްސަކު ޕޮޒިޓިވް ވެއްޖެ

އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ ދިވެހި ޑޮކްޓަރެއްގެ އަނބިކަނބަލުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެެ.

ކޮރޯނާވައިރަސް ވަރަށް ބާރަށް ފެތުރެމުން ދާ ގައުމުގައި އުޅުއްވާ އެ ޑޮކްޓަރު އޭނާގެ ފޭސްބުކްގައި ލިއުއްވާފައިވާ ގޮތުގައި ކޮވިޑް-19 އަށް އަނބިކަނބަލުން ޕޮޒިޓިވް ވީ ރޯގާގެ އަލާމާތްތަކެއް ހުރުމުން ޓެސްޓް ހެދުމުންނެވެ. މިހާރު އެ އަލާމާތްތައް ވެސް ރަނގަޅު ވަމުން އަންނަ ކަމަށް ލިއުއްވި އެވެ.

އޭނާ ވިދާޅުވީ މިދިއަ ދެ ހަފުތާގައި އޭނާ އުޅުއްވީ ކޮވިޑް-19 ގެ ބަލިމީހުންނަށް ފަރުވާކުރެއްވުމުގައި ވަރަށް ބިޒީކޮށް ކަމަށެވެ. އެހެންކަމުން “ގެޔަަށް އެ ވައިރަސް ގެނައީ އަހަރެންކަން ޔަގީން” ކަމަށް ވެސް ވިދާޅުވި އެވެ.

ކޮވިޑް-ގެ އަލާމާތްތަކެއް އޭނާގެ ވެސް ހުރި ކަމަށް ވެ އެވެ. އެކަމަކު ޓެސްޓް ހެދިކަމެއް ނުވަތަ ނޫން ކަމެއް ވިދާޅުވެފައެއް ނުވެ އެވެ.

“މިހާރު ގޭގައި މި އުޅެނީ އެކަހެރިވެގެންނެވެ،” ޑޮކްޓަރު ލިއުއްވި އެވެ.

ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް އަށް އިނގިރޭސިވިލާތުގެ 14،543 މީހަކު ޕޮޒިޓިވް ވި އިރު އެ ބަލީގައި މަރުވި މީހުންގެ އަދަދަކީ 759 އެވެ. އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް ވަނީ ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެފަ އެވެެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!