ބްރެޒިލް މިހުންނަށް ކޮރޯނާވައިރަހުން އެއްވެސް ކަމެއް ނުވާނެ ކަމަށް އެ ޤައުމުގެ ރައީސް ވިދާޅުވެއްޖެ

ބްރެޒިލް މީހުންނަކީ ޤުދުރަތީ ގޮތުން ކޮރޯނާވައިރަހަށް “އިމިޔުން” ބައެއް ކަމަށް އެ ޤައުމުގެ ރައީސް ވިދާޅުމާއެކު، އެކި ޤައުމުތަކުން ފާޑުކިޔަން ފަށައިފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު ޖައިރް ބޮލްސޯނަރޯ އެހެން ވިދާޅުވެފައިވަނީ އެއްވެސް ހެއްކަކާނުލައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެގޮތުން، ބްރެޒިލް މީހުންނަކީ ދިފާޢީ ނިޒާމު ވަރުގަދަ ބައެއް ކަމަށާއި، އެމީހުންނަށް އެއް އިރެއްގައި ވެސް އެކަހަލަ ވައިރަސްތަކުން މާބޮޑު ކަމެއް ނުވާކަމަށް ރައީސް ވިދާޅުވިއެވެ. “ޖަންކުޝަން ވަޅެއްގައި ފެތިޔަސް އެއްވެސް ބައްޔެއް ނުޖެހޭނެ” ކަމަށްވެސް އެބޭފުޅާ ވިދާޅުވެފައިވާކަމަށް ރިޕޯޓުތަކުގައި ވެއެވެ.

އެހެންކަމުން، އެމެރިކާއަށް ކުރިމަތިވެފައިވާ ޙާލަތު ބްރެޒިލަށް ކުރިމަތި ނުވާނެ ކަމަށް އެ ޤައުމުގެ ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މިދިޔަ ހަފްތާތަކުގައި ބްރެޒިލުން ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި ވިޔަސް، އޭގެން އެކެއްގެ ޙާލަތުވެސް ދަށަށް ނުދާކަމަށް ވިދާޅުވިއެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ، އެމީހުންގެ ހަށިގަނޑުގައި ޤުދުރަތީ ގޮތުން އުފެދިފައިވާ ވަރުގަދަ ދިފާޢީ ނިޒާމު ކަމަށެވެ.

މިކަމާ ގުޅިގެން ބްރެޒިލްގެ މީހުންނާއި، އެހެން ޤައުމުތަކުން އަންނަނީ  ބޮލްސޯނަރޯގެ ވާހަކަފުޅާމެދު ކަންބޮޑުވުމުން ފާޅުކުރަމުންނެވެ. އަދި އެބޭފުޅާ ކޮވިޑް-19 އާދައިގެ ކަމެއް ކަމުގައި ނަންގަވާނަމަ، އެ ޤައުމުގައި އަޅަންޖެހޭ ރައްކާތެރި ފިޔަވަޅުތައް ނޭޅި، މުޅި ޤައުމު ނުބައި ފައްތަރަކަށް ގޮސްފާނެ ކަމުގެ އިންޒާރު އަންނަނީ ދެމުންނެވެ. މިހާރުވެސް ބޮލްސޯނަރޯ ވަނީ، އެ ޤައުމުގައި އަޅަމުން އަންނަ ފިޔަވަޅުތައް މަޑުޖައްސާލައި، އިޤްތިސާދަށް ސަމާލުކަން ދިނުމަށް އެދިވަޑައިގެންފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޮލްސޯނަރޯ ވަނީ ސިއްޙީ ފަރާތްތަކުން ދިން އިރުޝާދަށް ނުބަލައި، ދާދި ފަހުން ސަޕޯޓަރުންތަކަކާ ބައްދަލުކުރައްވަން ނުކުމެވަޑައިގަނެފައެވެ. އެކަމާ ގުޅިގެން ވެސް އެބޭފުޅާއަށް ފާޑުކިޔުން އަމާޒުވިއެވެ. ބްރެޒިލްގައި މިހާތަނަށް ކޮވިޑް-19 ގެ 3000 އާ ގާތްކުރާ އަދަދެއްގެ ކޭސް ވަނީ ފެނިފައެވެ. އަދި އޭގެތެރެއިން 77 މީހުން ވަނީ ބަލީގައި މަރުވެފައެވެ.

  1. ކޮބާ އެބުނާ އަސަރަކީ ގައުމުގައި އެކަކުވެސް ދިރިހުމަކީ އަސަރު ނުކުރުންތަ؟

    0
    0

ތާނަ ލެޓިން އިން ލިޔުއްވާ!