ކޮވިޑް-19 އާއި ގުޅިގެން މެލޭޝިޔާގައި އިއުލާން ކޮށްފައިވާ ލޮކްޑައުން ހާލަތު އުވާލުމާއި ހަމައަށް އެ ގައުމުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް އިންޓަނެޓު ހިލޭ ފޯރުކޮށްދޭން އެ ގައުމުގެ ސަރުކާރުން ނިންމަވައިފިއެވެ.
އިންޓެންޓް ޑޭޓާ ހިލޭ ކުރަން ނިންމާފައިވަނީ އަންނަ އޭޕްރިލް މަހުގެ 1 ވަނަ ދުވަހުން ފަށައިގެން އެމްއޯސީގެ އަމުރުގެ މުހުލަތުގެ ނިޔަލަށެވެ.
މެލޭޝިޔާގެ ބޮޑު ވަޒީރު ޓަން ސްރީ މުހްޔިއްދީން ވިދާޅުވެފައި ވަނީ މެލޭޝިއާގައި މުއާސަލާތީ ޚިދުމަތްދޭ ކުންފުނިތަކާ ސަރުކާރު ގުޅިގެން އޭޕްރިލް 1ން ފެށިގެން އިންޓަނެޓު ހިލޭ ފޯރުކޮށްދިނުމަށް 600 މިލިއަން މެލޭޝިޔަން ރިންގިޓް ސަރުކާރުން ޙަރަދުކުރާނެ ކަމަށާއި އަދި އިންޓަނެޓާއި މުވާސަލާތީ ޙިދުމަތްތަކަށް ބުރޫ ނާރާނެކަން ކަށަވަރު ކުރުމަށް އިތުރު 400 މިލިއަން މެލޭޝިޔަން ރިންގިޓް ޙަރަދު ކުރާނެ ކަމަށެވެ.
ހަމަ މިއާއެކު މަހެއްގެ ކަރަންޓް ބިލުން 15-50 ޕަސެންޓްއާ ދެމެދު މިންވަރަކަށް ޑިސްކައުންޓް ދިނުމަށް 530 މިލިއަން ރިންގިޓްގެ ބަޖެޓެއްވެސް މެލޭޝިއާ ސަރުކާރުންވަނީ ކަނޑައަޅާފައެވެ.
މެލޭޝިޔާގައި މިހައިތަނަށް 235 މީހަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެފައިވާއިރު 23 މީހަކު ވަނީ މަރުވެފައެވެ.