Britain's Prime Minister Boris Johnson speaks during the first meeting of the National Policing Board at the Home Office in London, Britain July 31, 2019. Kirsty Wigglesworth/Pool via REUTERS

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން ކޮވިޑް19 އަށް ޕޮސިޓިވް ވެއްޖެ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެއެވެ.

ބޯރިސް ވަނީ ވައިރަހަށް ޕޮސިޓިވް ވެފައިވާކަން އެބޭފުޅާގެ ރަސްމީ ޓްވިޓާ އެކައުންޓް މެދުވެރިކޮށް ހާމަ ކުރައްވާފައެވެ.

ބޮޑުވަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮރޯނާވައިރަހުގެ އާންމު އަލާމާތްތައް އެމަނިކުފާނުގެ ކިބައިން ފެންނަން ފަށާފައިވާ ކަމަށެވެ. އަދި ޓެސްޓް ހެއްދެވި އިރު، ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި  މިވަގުތު އެބޭފުޅާ ހުރީ އެކަހެރި ވެގެން ކަމަށް ވިދާޅުވިއެވެ.

ބޮޑުވަޒީރު ވިދާޅުވީ ބަލި ޖެހުނަސް ބޮޑުވަޒީރުގެ ހައިސިއްޔަތުން ގޭގައި ހުންނަވައިގެން ސަރުކާރުގެ މަސައްކަތްތައް ވީޑިއޯ ކޮންފަރެންސްއިން މެދުވެރިކޮށް ކުރައްވާނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އަށް ނިސްބަތްވާ ޕްރިންސް ޗާލްސް ވެސް ވައިރަހަށް ފައްސިވެފައި ވާއިރު އެބޭފުޅާ މިވަގުތު ހުންނެވީ ޝާހީ ގަނޑުވަރު ތެރޭ އެކަހެރި ކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!