ވީއައިއޭގައި ފްލައިޓް ޕާރކިންގެ ޖާގަ އިތުރުކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ވެސްޓް އޭޕްރަންގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމައި ބޭނުންކުރަން ތައްޔާރުވެއްޖެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ފްލައިޓްތައް ޕާކު ކުރެވޭނެ ޖާގަ އިންތުރުކުރަން ފަށާފައި ވަނީ، ރާއްޖެ ދަތުރުކުރާ އެއަރލައިންތައް އިތުރުވަމުން އަންނާތީ އެ ފަރާތްތަކަށް ބޭނުންވާ ޖާގަ ދިނުމަށެވެ.

ވެސްޓް އޭޕްރަންގެ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްޤީކޮށްފައިވަނީ ފަންސަވީސް ހާސް ފަސްސަތޭކަ އަކަމީޓަރުގެ ސަރަޙައްދެކެވެ، އެ ސަރަޙައްދުގައި ވައިޑް ބޮޑީ 4 މަތިންދާ ބޯޓު ޕާކުކުރެވޭނެއެވެ.

ވެސްޓް އޭޕްރަންގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާ ބޭނުންކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި 17ގައެވެ. މި އޭޕްރަންއަކީ 70ހާސް އަކަމީޓަރުގެ އޭޕްރަންއެކެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!