އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ވެސް އެސްއެމްއީ ލޯނަށް ހުށަހެޅޭނެ

އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ވެސް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ލޯނުތަކަށް އެދި ހުށަހެޅޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ފައްޔާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަމިއްލަ މަސައްކަތް ކުރާ ފަރުދުންގެ ހާލަތުވެސް ރިޕޯޓު ކުރެވޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓާ ޕޯޓަލަށް ވަރަށް އަވަހަށް ބަދަލު ގެންނާނެ ކަމަށެވެ. އަދި އެސްޑީއެފްސީން ވީހާވެސް ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮރޯނާވައިރަހާ ގުޅިގެން ވިޔަފާރިތަކަށް އެހީވުމަށްޓަކައި ބީއެމްއެލް އާއި އެސްޑީއެފްސީ މެދުވެރިކޮށް މި ފެށޭ ހަފުތާގައި ލޯނު ދޫކުރުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ އިއުލާނު ކޮށްފަ އެވެ.

މިއީ ސަރުކާރުން މި ހާލަތަށް އަމާޒުކޮށްގެން އެކުލަވާލި އިކޮނޮމިކް ސްޓިމިއުލަސް ޕެކޭޖުގައި ހިމެނޭ ބައެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!