ރާއްޖޭގައި ހުރުމަށްފަހު ކަރަންޓީނުކޮށްފައިވާ ދެމީހަކު ކަރަންޓީނު މުއްދަތު ނިންމާފައި ފުރިފަހުން ވައިިރަހަށް ޕޮޒިޓިިވް ވެއްޖެއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އިޓަލީގެ ދެ ފަތުރުވެރިން ކަމަށެވެ.
އަމީން ވިދާޅުވީ، ކަރަންޓައިން ނިންމާފައި ހައިރިސްކް މީހުން ފުރައިގެން ދިއުމުގެ ކުރިން ވެސް ރިސާޗަށް ސާމްޕަލް ނަގާ ކަމަށެވެ. އެގޮތުން ނެގި ސާމްޕަލްގެ ތެެރެއިން ދެ މީހަކު ޕޮޒިޓިވްވިކަން މިއަަދު ފާހަގަކުރެވުނު ކަމަށް އަމީން ވިދާޅުވިއެެވެ.
އަމީން އިތުރަށް ވިދާޅުވީ އެ ދެ މީހުން މިހާރު އިޓަލީއަށް ދަތުރުކުރަމުން ދާ ކަމަށެވެ.