ދިވެއްސަކު ކޮވިޑް19 އަށް ޕޮސިޓިވް ވެއްޖެ

ރާއްޖެއިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މި މަހުގެ 21 ވަނަ ދުވަހު އިނގިރޭސިވިލާތުން ރާއްޖެ އައި މީހެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އޭނާ ރާއްޖެ އައި ގޮތަށް ހުރީ ހޮލިޑޭ އައިލެންޑް ރިސޯޓުގައި ކަރަންޓީންކޮށްފައި ކަމަށް އަމީން ވިދާޅުވިއެވެ.

އޭނާގެ ޓެސްޓްތައް ހަދަން ފޮނުވީ މިމަހުގެ 25 ވަނަ ދުވަހު ކަމަށާއި ނަތީޖާ ލިބިފައިވަނީ މިއަދު ކަމަށްވެސް އަމީން ވިދާޅުވިއެވެ.

މިއީ، ރާއްޖޭގައި ދިވެއްސަކު އެ ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!