ޓެކްސްތައް ދެއްކުމުގައި ލުއިތަކެއް ހަމަޖައްސައި ދެނީ

ކޮވިޑް-19 އާ ގުޅިގެން، ޓެކްސް ދެއްކުމުގައި އިންސްޓޯލްމަންޓް އުސޫލުން އިތުރު ލުއިތަކާ އެކު ޓެކްސް ދެއްކޭނެ ގޮތް މޯލްޑިވްސް އިިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަމަޖައްސައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އިގްތިސާދު ދަށްވަމުންދާތީ ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން ލޯނުތައް ވެސް އަނބުރާ ދެއްކުން ހަ މަސް ދުވަހުގެ މުއްދަތަށް ފަސް ކޮށްދޭން ބޭންކްތަކުން ވަނީ ނިންމައިފަ އެވެ.

މީރާ އިން ނެރުނު އިއުލާނެއްގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ޓެކްސް ދައްކާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ޓެކްސާއި އެހެނިހެން ފައިސާތައް އިންސްޓޯލްމަންޓް އުސޫލުން ދެއްކުމުގައި އިތުރު ލުއިތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެން ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައި ދީފައިވާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ތިން މަހަށް ފަސްކޮށް ދީފައިވާ ކަމަށް އެ އިއުލާނުގަައިވެ އެވެ.

މީގެ އިތުރުން އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށްޓަކައި ދެމުންދިޔަ ލުއިތައް އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށާއި އަދި އެ މުއްދަތުގައި އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދައްކަން އެދިއްޖެ ނަމަ، އާންމުކޮށް އެކަމަށް އޮންނަ ކޮމިޓްމަންޓް ޕޭމަންޓަށް ވުރެ ކުޑަ އަދަދެއް ދެއްކިޔަސް، އިންސްޓޯލްމަންޓް އެގްރިމެންޓަކަށް އާދެވޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

އަދި އާންމު އުސޫލުން އިންސްޓޯލްމަންޓް ހަމަޖައްސައިދޭ މުއްދަތަށް ވުރެ ދިގު މުއްދަތެއް ދެވޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!