ކޮވިޑް-19: އަމިއްލަ ނަފްސަށް ގެއްލުން ދޭނެ ކަމަށް ބުނި ރިސޯޓް މުވައްޒަފަކު ހައްޔަރުކޮށްފި

ރިސޯޓުން ފައިބަން ހުއްދަ ނުދީފިނަމަ އަމިއްލަ ނަފްސަށް ގެއްލުންދޭނެ ކަމަށް ބުނި މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލެތްގެ އެނގުމާ ހިލާފަށް އިއްޔެގެ ވަގުތެއްގައި ވ. ސިނަމަން ވެލިފުށި ރިސޯޓުގެ މުވައްޒަފަކު އެ ރިސޯޓުން ފޭބުމާށް މެޑިކަލް ލެޓާއެއް ދިނުމަށް އެދިފައިވާ ކަމަށެވެ. އަދި އެ ލެޓާ ނުދީފިނަމަ އޭނާގެ އަމިއްލަ ނަފްސަށް ގެއްލުން ދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެ މުވައްޒަފަށް ކަމެއް ދިމާވުމުގެ ކުރިން ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ފުލުހުން ބުނީ، މި މައްސަލާގައި ފުލުހުންގ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 33 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!